ބޮލީވުޑްގެ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ ރާޖުކުމާރު ރާއޯ އަދި ނުޝްރަތު ބަޓަޗާރިޔާ ފެނިގެންދާ ފިލްމު "ޗަލާންގް" ގެ ޓްރެއިލާ ދައްކާލައިފިއެވެ.

ހެންސަލް މެހެތާ ޑައިރެކްޓް ކޮށްފައިވާ އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ އަޖޭ ދޭވްގަން، ލަވް ރަންޖަން އަދި އަންކޫރް ގަރްގް އެވެ. ޗާލަންގް އަކީ ސަރުކާރު ސުކޫލެއްގައި މަސައްކަތްކުރާ ޓީޗަރެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގައި ޓީޗަރުގެ ރޯލުން ފެނިގެންދަނީ ރާޖްކުމާރުއެވެ.

ޝައުގުވެރި ގިނަ ކަންތައްތަކެއް ފިލްމުގެ ޓްރެއިލާއިން ފެނިގެންދިޔައިރު ޗަލާންގް ރިލީޒް ކުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެމެޒޯން ޕްރައިމްގަ އެވެ. އެ ފިލްމު ފުރަތަމަ ރިލީޒް ކުރާ ގޮތަށް ހަމަޖެހިފައި އޮތީ މިއަހަރުގެ މާޗް މަހުގައެވެ. އެހެންނަމަވެސް ކޮވިޑް 19 ގެ ސަބަބުން އިންޑިއާ ލޮކްޑައުން ކޮށް ސިނަމާތައް ބަންދުކުރުމާ ގުޅިގެން ރިލީޒްކުރާ ތާރީހު ފަސްކުރީއެވެ.

އެ ފިލްމުގެ ޓްރެއިލާއާ އެކު ވަނީ ފިލްމުގެ އާ ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ.