އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއުގެ ވިލަރެސް ކޮމިޓީ އެކުލަވާލައި ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
އެ ބައްދަލުވުން ބާއްވާފައިވަނީ ހެރިޓޭޖް މިނިސްޓްރީގައެވެ.
މިނިސްޓްރީން މިރޭ ބުނީ އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރަމުންދާ ކަމަަށެވެ.
މިއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ އިތުރުން އެމަނިކުފާނު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ ގައުމީ މުހިންމު މަޝްރޫއެއްކަމަށް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއުގެ ކަންކަން ވިލަރެސްކޮށް، ހިންގުން ހަރުދަނާކުރުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގައި ނުވަ މެންބަރުން ހިމެނެއެވެ.
ކޮމިޓީގައި ހިމެނޭ ވުޒާރާތަކާއި މަންދޫބުން
1. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ (އިބްރާހިމް ސޮބާހް / ޑެޕިއުޓީ މިނިސްޓާ)
2. ދާހަިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވުޒާރާ (ނަސްރީނާ އިދްރީސް / ޑިރެކްޓާ)
3. ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާ (އަލީ ފަހުމީ / ކެޕްޓަން)
4. ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގަިކުރުމާ ބެހޭ ވުޒާރާ (މުހައްމަދު ނާތީމް / އެޑިއުކޭޝަން ސްޕްރިންޓެންޑެން)
5. މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ (އަހްމަދު އައިމަން / ޑެޕިއުޓީ މިނިސްޓަ އޮފް ފިނޭންސް އްންޑް ޕަބްލިކް އެންޓަޕްރައިޒަސް)
6. ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާ (މަރްޔަމް ލަހުފާ ހަލީލް / ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓާ)
7. އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާ (އައްޝައިޚް އަހްމަދު ފަހުމީ ދީދީ / ވާއިޒް)
8. ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ (ޝާދިޔާ އަހުމަދު / ޑިރެކްޓާ)
9. ޕަބްލިކް ސާވިސް މީޑިއާ - ޕީއެސްއެމް (އިބްރާހިމް އިގްބާލް - އެގްޒެކެޓިވް ޑިރެކްޓާ ކޮންޓެންޓް މޮނިޓަރިން އެންޑް އިވެންޓްސް ކޯޑިނޭޝަން)
މިނިސްޓްރީން ބުނީ މިއަދު ބޭއްވުނު މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި، އިހްތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ކުރިއަށްގެންދަން ރޭވިފައިވާ ގޮތްތަކާއި، މި މަޝްރޫއުގައި ކޮމިޓީން އަދާކުރާނެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައި ކަމަށެވެ.
އަދި މި މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްތައް ރޭވުމާ ގުޅޭގޮތުން ވެސް ވަނީ ހިޔާލު ބަދަލުކޮށްފައިކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް
ކޮމެންޓް