ދާރުލްއާސާރަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް މިއަހަރު ނިންމައި އާންުމުންނަށް ހުޅުވުމަށް މަސައްކަތްތަކެއް ކުރިޔަށްގެންދާ ކަމަށް ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓާ އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ގައުމީ ދާރުލްއާސާރަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް މިއަހަރު ތެރޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"އިންޓްރެކްޓިވް މިއުޒިއަން މި ހިނގާ އަހަރު 2026 ވަނަ އަހަރު އާންމުންނަށް ހުޅުވާލެވޭ ވަރަށް މަސައްކަތް ކުރިޔަށްގެންދެވޭނެ. އިންޓްރެކްޓިވް މިއުޒިއަމްގެ މަސައްކަތް ނިމިގެން އަންނަ އިރު ދާރުލް އާސާރުގެ އެތެރެ އާއި ފަންނީ ދާރުލް އާސާރާ ގުޅިގެން މުޅިން ތަފާތު އިންގިލާބީ ބަދަލެއް، ދާރުލްއާސާރުގެ ތެރެއިންވެސް ފެނިގެންދާނެ އެ ސަރަހައްދުން،" ނަސީރު ވިދާޅުވިއެވެ.
ދާރުލްއާސާރުގެ ތަރައްގީގެ މަސައްކަތްތަކަށް، ޗައިނާ ސަރުކާރުން ހިލޭ އެހީވަމުން ދިއުމާ ގުޅިގެން މިހާރު އެތަން އަލުން އިތުރަށް ޒަމާނާ އެއްގޮތަށް ބަދަލުގެންނަން ރާއްޖެއިން ޗައިނާ ސަރުކާރާ މަޝްވަރާ ކުރުންތައް ކުރިޔަށްގެންދާކަން މިނިސްޓަރު ފާހަގަކުރެެއްވިއެވެ.
"އެކަމާ ޗައިނާއާވެސް ވާހަކަދައްކަން ސަރުކާރުގެ ފަރާތުން، އޭގެ އިތުރަށް ރައީސްގެ އިރުޝާދުގެ ދަށުން، މި އަހަރުގެ ތެރޭގައި، ދާރުލް އާސާރުގެ އެތެރެއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކެއްް އަޅުގަނޑުމެން ކުރާނަން. އެކަމަކު ޕްލޭނުކުރެވިފައި ރޭވިފައި އެބައޮތްމެ." މިނިސްޓަރު ވިދާޅުވިއެވެ.
ސަލްޓަން ޕާކުގައި ހުންނަ ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރު އެންމެ ފަހުން އާންމުންނަށް ހުޅުވާލީ 30 އޯގަސްޓް 2023 ގައެވެ. އެ އިމާރާތް އެންމެ ފުރަތަމަ ހުޅުވީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.
އެތަނަކީ އިސްލާމީ ގޮތުންނާއި އިސްލާމީ ޒަމާނުގެ އާސާރީ ތަރިކަ އާއި ސަގާފަތް ރައްކާކޮށްފައި ހުންނަ ބިނާއެކެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް