ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ހިފަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދުނިޔޭގެ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިކަމުގެ އެންމެ ކުރިއަރާފައިވާ މަންޒިލެއްގެ ގޮތުގައި ބިނާކުރުމުގައި ދިވެހި ރައްޔިތުންނާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިން އަދާކުރާ މުހިންމު ދައުރަށް ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
"ފަތުރުވެރިކަމަކީ އަޅުގަނޑުމެންގެ ގައުމުގެ ތަރައްގީ އާއި ދުނިޔޭގެ ގުޅުންތަކުގެ ދުއްވާ ބާރެއްގެ ގޮތުގައި ދެމިއޮތުން. ޑިޖިޓަލް ޓެކްނޮލޮޖީތަކާއި އެއައި އިން ސިނާއަތް ބަދަލުވަމުންދާ އިރު، އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހޭނީ އެޑެޕްޓް ވެ، އިނޮވޭޓްކޮށް، ލީޑް ކުރަމުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުުވީ ފަތުރުވެރިކަމުގެ ސިނާއަތް ވަރުގަދަކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި އާ އިޖާދުތަކާއި އާ ހުނަރުތަކަށް އިންވެސްޓްކުރުމާއި ޑިޖިޓަލް ހައްލުތަކުގެ ބޭނުން ހިފުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ވެސް ރާއްޖެ ތަފާތު ތަނެއްގެ ގޮތުގައި ހަދައިދޭ ގުދުރަތީ ރީތިކަމާއި އަމިއްލަވަންތަކަމާއި މެހެމާންދާރީގެ ސިފަ ދެމެހެއްޓޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް