ހަމައެކަނި ކަންބޮޑުވުމަކީ، ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު މާލޭ ސަރަހައްދުގައި ހިންގުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވުމަށް ރައީސް ނަޝީދު މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އެ މަޝްރޫއާ ބެހޭގޮތުން ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައިވެސް އެ މަޝްރުއާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އަޅުގަނޑުގެ ރައީސް ކަމުގައިވެސް މި މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކުރެވުނު، ހަމަ އެބޭފުޅުން އަޅުގަނޑުމެންނާ އެ މަޝްވަރާކުރި، އަޅުގަނޑު އެ އިރުގައި ފާހަގަކުރީ ތި ބާވަތުގެ ބޮޑު މަޝްރޫއެއް ހިންގަން ރަނގަޅޭ. އެހެން ނަަމަވެސް އަޅުގަނޑުމެން އެެދެނީ މާލެ ސަރަހައްދުގައި ނުުހިންގުމަށޭ މާލެ ސަރަހައްދުގައި މި ބާވަތުގެ މަޝްރޫއުތައް ހިންގުމުން އަނެއްކާވެސް މި ސަރަހައްދަށް ތޮއްޖެހި ރާއްޖޭގެ ރަށްތައް ފަޅުވަމުންދާނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަކީވެސް ފޮރިން އިންވެސްޓްމެންޓަށް ތާއީދުކުރައްވާ ބެފުޅެއް ކަަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތަނަވަސްކަން އިތުރުވެ ހާސްކަމެއްނެތި ދިރިއުޅެން ކަަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު މިއީ ފޮރިން އިންވެސްޓްމަންޓަށް ތާއީދު ކުރާ މީހެއް. އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން އިތުރުވެގެންދާނީ. ރައްޔިތުން މި ބޭނުންވަނީ ތަނަވަސްކަން، އުފާވެރިކަން ރައްޔިތުން ބޭނުންވަނީ ހާސްކަމެއް ނެތުން. ބޯހިޔާވަހިކަމެއް ލިބުން. ވިޔަފާރީގެ ފުރުސަަތެއް އޮތުން. އިގުތިސާދު ކުރިއަރައިދިއުން،" އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް ނަޝީދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއަރައި ދެވޭނީ ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނެވިގެން ކަަމަށެވެ. އަދި އެއީ ބޮޑެތި އިންވެސްޓްމެންޓްތަކަށް ވުމަކީ ރަނގަޅު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ކޮމެންޓް