އިންޑިއާގެ ރިއަލިޓީ ޝޯ "ލޮކް އަޕް" ގެ ދެވަނަ ސީޒަން ޝްރެޔާ ކާލްރާ ކާމިޔާބުކޮށް، 1 ކްރޯޑް ރުޕީސްގެ ފައިސާގެ އިނާމާއި ޓްރޮފީ ހާސިލުކޮށްފިއެވެ.
ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމްކުރި މި ޝޯގެ ގްރޭންޑް ފިނާލޭގައި، ދެވަނައަށް ދިޔައީ (ފަސްޓް ރަނަރ-އަޕް) ޝިވާންގީ ޖޯޝީއެވެ.
ޝޯ ހުށަހަޅައިދިން ފަރާ ހާން އަދި ރިތޭޝް ދޭޝްމުކް ވަނީ ޝްރެޔާ މޮޅުވިކަން ރަސްމީކޮށް އިއުލާންކޮށްފައެވެ. މި ޝޯގެ ފައިނަލްގައި ވާދަކުރި ފަސް ބައިވެރިންގެ ތެރޭގައި ޝްރެޔާ އަދި ޝިވާންގީގެ އިތުރުން ރާމް ކަޕޫރާއި ޝިލްޕާ ޝިންޑޭ އަދި ޔޯގޭޝް ރާވަތު ހިމެނެއެވެ. މީގެ ތެރެއިން ތިންވަނަ ލިބުނީ ޔޯގޭޝް ރާވަތަށެވެ.
އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝްރެޔާ މޮޅުވީ ކުރީގެ ބައިވެރިންނާއި ޖޫރީގެ ވޯޓުން ޝިވާންގީއަށް ވުރެ 7 ވޯޓު އިތުރަށް ހޯދައިގެންނެވެ. އައިޑީވާ ނޫހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޝްރެޔާއަށް ޖުމްލަ 23 ވޯޓު ލިބުނުއިރު ޝިވާންގީއަށް ލިބުނީ 16 ވޯޓެވެ. ޓްރޮފީ ލިބުމުން ޝްރެޔާ ވަނީ އުފާފާޅުކޮށްފައެވެ.
ބާލާޖީ ޓެލެފިލްމްސްގެ ފަރާތުން އެކްތާ ކަޕޫރު އަދި ޝޯބާ ކަޕޫރު ޕްރޮޑިއުސްކުރި މި ޝޯ ފަށާފައިވަނީ ޖޫން 27 ވަނަ ދުވަހުއެވެ. ޖުމްލަ 15 ބައިވެރިންނާއި 2 ވައިލްޑްކާޑް ބައިވެރިންނާއެކު 40 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ރިއަލިޓީ ޝޯ ނިމިފައިވަނީ މި ނަތީޖާއާއެކުގައެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ކޮމެންޓް