މިމަހުގެ 27 ގައި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
"ވޯލްޑް ޓްރެވަލް އެވޯޑްސް އޭޝިއާ، އޯޝެނިއާ އެންޑް އިންޑިއަން އޯޝަން 2026" ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފެވެ. އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރެވެ،
ފަތުރުވެރިކަމާއި ހޮސްޕިޓޭލިޓީގެ ސިނާއަތުގައި ހަރަކާތްތެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ އިސް މަންދޫބުން ބައިވެރިވާ މި ހަފުލާ ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، މިއީ މީގެ 10 އަހަރު ކުރިން ރާއްޖޭގައި ބޭއްވި ހަފުލާއަށްފަހު މި އެވޯޑްސް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. ބީއެމްއެލުން ބުނި ގޮތުގައި، މި ހަފުލާގައި ބައިވެރިވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ޝަރަފެކެވެ.
ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންނާއި، ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުތަކުގެ މަންދޫބުން މި ހަފުލާގައި ބައިވެރިވާނެއެވެ. މީގެ އިތުރުން، މި ދާއިރާގެ އިންވެސްޓަރުންނާއި، އެއާލައިންތަކާއި އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ ޓްރެވަލް މީޑިއާތަކުން ވެސް މި އެވޯޑްސްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
ވިސިޓް މޯލްޑިވްސް ކޯޕަރޭޝަނާއެކު ވެވުނު މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް، ގާތުން މަސައްކަތްކުރުމުގެ ފުރުސަތު ބީއެމްއެލްއަށް ފަހިވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި، މި ސިނާއަތުގެ ވިޔަފާރިތަކާއި ހިއްސާދާރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭ މުހިންމު ބައިވެރިވުމެއް ކަމަށް ބީއެމްއެލުން ފާހަގަކުރެއެވެ.
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ވޯލްޑް ޓްރެވަލް އެވޯޑް
ކޮމެންޓް