ވެރިކަންކުރާ ޕީއެންސީ ތަމްސީލުކުރައްވާ 15 މަޖިލިސް މެންބަރަކާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނުގެ އިސްލާމްއާބާދަށް އިއްޔެ ވަޑައިގެންފިއެވެ.
މަޖިލިސް އިދާރާއިން ބުނީ، މެންބަރުންނާއެކު މަޖިލިސް ރައީސްގެ މި ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށެވެ.
މި ދަތުރުފުޅަކީ މަޖިލިސް ރައީސާއި މެންބަރުންގެ އަމިއްލަ ދަތުރުފުޅަކަށްވާތީ މަޖިލިސް އިދާރާއިން މައުލޫމާތުދިން އޮފިޝަލް ދަތުރުފުޅާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.
މި ދަތުރުފުޅުގައި ބައިވެރިޑައިގަންނަވާ މެންބަރުން:
-
- މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ
- ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު (ޕީއެންސީގެ ނައިބު ރައީސް)
- ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޕީއެންސީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު)
- ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް (ޕީއެންސީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު)
- މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް
- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް
- ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން
- ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ
- ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް
- ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު
- ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދު
- ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ
- ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ
- ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު
- ވިލުފުށި ދާއިރާގެ މެންބަރު ހަސަން ވަހީދު
- އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒު
މި މެންބަރުންގެ އިތުރުން މަޖިލީހުގެ ރައީސްގެ ބިއުރޯ ޗީފް އަދި ކުރީގެ މަޖިލިސް މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.
އިބްރާހިމް ޒަކީ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
މަޖިލިސް ރައީސް އަބުދުއްރަހީމް އަބުދުﷲ
ކޮމެންޓް