ފިލްމު 'ޑްރިޝްޔަމް 3' ގެ ޝޫޓިން ފަށަން އެންމެ ހަތް ދުވަހަށް ވެފައި ވަނިކޮށް، އެކްޓަރު އަކްޝޭ ކަންނާ ފިލްމު ދޫކޮށްލުމުން ދިމާވި ގޮންޖެހުންތައް ޑައިރެކްޓަރު އަބީޝެކް ޕާތަކް ކިޔައިދީފިއެވެ. އޭނާ ބުނި ގޮތުގައި، ފިލްމުގެ މަސައްކަތް ފެށުމަށް ހުރިހާ ތައްޔާރީތަކެއް ވެފައި ވަނިކޮށް އަކްޝޭ ކަންނާ ވަކިވުމަކީ ޕްރޮޑަކްޝަން ޓީމަށް ލިބުނު ވަރަށް ބޮޑު ސިހުމެކެވެ.
މި ހާދިސާއާ ގުޅޭގޮތުން ވާހަކަދައްކަމުން އަބީޝެކް ބުނީ، އަކްޝޭގެ ނިންމުން އެނގުމާއެކު ވަގުތާ ދެކޮޅަށް ބޮޑު މަސައްކަތެއް ކުރަން ޖެހުނު ކަމަށެވެ. އަކްޝޭ ފިލްމު ދޫކޮށްލިކަން އެންގުމުން، “މިއީ ކޮން ކަހަލަ ގޮތެއް” ކަމާމެދު ސުވާލު އުފެދުނު ކަމަށް އަބީޝެކް ބުންޏެވެ. އަދި އެ ހިސާބުން ފެށިގެން މުޅި ޕްރޮޑަކްޝަން ޝެޑިއުލް އަލުން ރާވައި، އާ އެކްޓަރަކު ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދަން ޖެހުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
މިއީ ވަގުތާ ދެކޮޅަށް ކުރިޔަށް ގެންދާނެ ޖެހުނު ވަރަށް ބޮޑު ރޭހެއް ކަމަށް އޭނާ ސިފަކުރިއެވެ. ފިލްމުގެ ސެޓުތައް ހަދައި، ކްރޫއިން ތައްޔާރުވެފައި ވަނިކޮށް އައި މި ބަދަލާއެކު، މުޅި ޕްރޮޖެކްޓް ވަގުތީ ގޮތުން މަޑުޖައްސާލަން ޖެހުނު ކަމަށް ވެސް އަބީޝެކް ބުންޏެވެ.
އަބީޝެކް އިތުރަށް ބުނި ގޮތުގައި، އަކްޝޭ ކަންނާ ކުއްލި ގޮތަކަށް ފިލްމުން ވަކިވުމުގެ ސަބަބުން ޝޫޓިން ފެށުމަށް ކަނޑައަޅާފައިވާ ތާރީހަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވިއެވެ. މީގެ އިތުރުން، އެހެން އެކްޓަރުންގެ ތާވަލުތަކަށް ވެސް މިކަމުގެ ސަބަބުން އަސަރުކުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް، ޓީމުގެ ބުރަ މަސައްކަތުން ވަރަށް އަވަހަށް އެހެން އެކްޓަރަކު ހަމަޖައްސައި، ފިލްމުގެ މަސައްކަތް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އޭނާ ބުންޏެވެ. މިހާތަނަށް އަކްޝޭ ކަންނާގެ ފަރާތުން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު