ރަޝިޔާއާއި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް އެކުލަވާލާފައިވާ ބިލެއް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ފާސްކޮށް، ތަސްދީގުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕަށް ފޮނުވައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، “ލިންޑްސީ އޯ. ގްރަހަމް ސޭންކްޝަނިންގ ރަޝިޔާ އެންޑް އީރާން އެކްޓް އޮފް 2026” ގެ ނަމުން ނަންދީފައިވާ މި ބިލު ތިރީގެއިން ފާސްކުރީ 262 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 159 މެންބަރުން ވޯޓު ދީފައިވާއިރު، ބިލު ފާސްކުރުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުންގެ ތާއީދުވެސް ލިބިފައިވެއެވެ. މީގެ ކުރިން އެމެރިކާގެ ސެނެޓުން މި ބިލު ފާސްކޮށްފައިވަނީ 86 މެންބަރުންގެ ތާއީދާއެކުއެވެ. ސެނެޓުގައި ބިލާ ދެކޮޅަށް ވޯޓު ދިނީ 11 މެންބަރުންނެވެ.
މި ބިލުގެ ދަށުން ރަޝިޔާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި، އެ ގައުމުގެ މުދަލުން ޓެރިފް ނެގުމަށް ވަނީ ހިމަނައިފައެވެ. މީގެ އިތުރުން، 1996 ވަނަ އަހަރު އެކުލަވައިލައިފައިވާ “އީރާން ސޭންކްޝަންސް އެކްޓް” ގެ މުއްދަތު އިތުރު ފަސް އަހަރަށް ދެމެހެއްޓުމަށްވެސް މި ބިލުގައި ހިމަނާފައިވާ ކަމަށް ރޮއިޓާސްއިން ބުނެފައިވެއެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ ރައީސް ޓްރަމްޕް ބިލު ތަސްދީގުކުރެއްވުމުންނެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް