ދިވެހިރާއްޖެ މީގެ 900 އަހަރުކުރިން ހިޖުރީގޮތުން 548 ގައި އިސްލާންވުމުގެ ކުރިން ދިވެހީންނަށް ކިޔާފައި ދިވެހި ނަންނަމެވެ. އަދި ރާއްޖެ އިސްލާމްވި ގަރުނު ކަމަށްވާ ހިޖުރައިން 6ވަނަ ގަރުނާއި، 7ވަނަ ގަރުނާއި، 8ވަނަ ގަރުނު، މީލާދީން 12ވަނަ ގަރުނާއި 13ވަނަ ގަރުނާއި 14 ވަނަ ގަރުނުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންނަށް ދިވެހި ނަންނަން ކިޔާފައިވެއެވެ. އިސްލާން ދިވެހިރާއްޖޭގެ 2ވަނަ ރަސްގެފާނު އައްސުލްތާން މުތެއި ކަލަމިންޖާ ((1166-1184މ) 4ވަނަ ރަސްގެފާނު އައްސުލްތާން ދިނެއި ކަލަމިންޖާ (1192-1198މ) 5ވަނަ ރަސްގެފާނު އައްސުލްތާން ދިހެއި ކަލަމިންޖާ (1198-1213މ) 6ވަނަ ރަސްގެފާނު އައްސުލްތާން ވަޑި ކަލަމިންޖާ (1213-1232މ) އަދި މިނޫންވެސް ސޯމަވަންސަ (ހަނދުވަންހަ)އިގެ ރާއްޖޭގެ އިސްލާމް ގިނަ ރަސްރަސްކަލުންނަށް ކިޔާފައިވާ ދިވެހި ނަންނަން ފާހަގަކުރެވެއެވެ. އަދި ސަތުހިރި އައިސިރިފަދަ ދިވެހި ނަންނަމުގެ ވަޒީރުން އެދުވަސްވަރު ތިއްބެވިއެވެ. ރާއްޖޭގެ އެންމެމަތީ ވެރިކަން ކުރެއްވި އަންހެން ދެތިން ރަނިކަނބަލުންގެ ތެރެއިން 2ރަނި ކަނބަލަކަށް ދިވެހި ނަން ކިއިފައވެއެވެ. އެއީ އައްސުލްތާނާ ރާދަފަތި ކަނބައިދިކިލެގެ (1359މ) އަދި އައްސުލްތާނާ ދާއިން ކަނބައިދިކިލެގެ (1363-1367މ)އެވެ.
ރާއްޖޭގެ ލަފުޒީ މާނައަކީ ރަސްކަމެވެ. މަމްލިކާ ނުވަތަ ކިންގުޑަމެވެ. ރާއްޖޭގެ މުޅި ތާރީޚުގެ އެނގެން އޮތް ތަފުސީލު ތާރީޚުގެ އެންމެ 55 އަހަރު (1 ޖަނަވަރީ 1953 އިން 21 އޮގަސްޓު 1953 އަށް ހަތްމަސް ނުވަތަ އަށެއްކަމަސް ދުވަހާއި އަދި 11 ނޮވެންބަރު 1978 އިން މިހާތަނަށް މިވީ 54 ވަރަކަށް އަހަރު) ފިޔަވައި އެހެން ހުރިހާ ޒަމާންތަކެއްގައި ރާއްޖޭގައި އޮތީ ރަސްކަމެވެ. 80 އަށްވުރެ ގިނަ ރަސްރަސްކަލުން ރާއްޖޭގެ ސިންގާ ސަނާގައި ރެދަލި ކުރެއްވިއެވެ.
ދިވެހި ރަސްރަސްކަލުންގެ ނަންފުޅުތަކުގެ ތެރެއިން އެންމެ ގިނައީ މުޙައްމަދު މިނަންފުޅުގެ ރަސްރަސްކަލުންނެވެ. ވިއްސަށްވުރެ ގިނަ ރަސްކަލުންގެ ނަންފުޅު ކަމުގައި މުޙައްމަދުގެ ނަންފުޅު ހިމެނިގެންވެއެވެ. އެންމެ ފުރަތަމަ ރަސްގެފާނުގެ ނަންފުޅެވެ. އިސްލާން ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނުގެ އިސްލާން ނަންފުޅަކީ އައްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲއެވެ. ރާއްޖޭގެ އެންމެ ފަހުގެ ރަސްގެފާނުގެ ނަންފުޅަކީވެސް މުޙައްމަދެވެ. އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލެވެ. އަޙްމަދު މިނަންފުޅުގައިވެސް ދިވެހި ރަސްރަސްކަލުންނެވެ.
ދިވެހި ރަސްރަސްކަލުންގެ ނަންފުޅުތަކުގެ ތެރޭގައި، އަބޫބަކުރުޢުމަރުޢުޘްމާންޢަލީ ހިމެނިގެންވެއެވެ. އަދި ޙަސަންޙުސައިން ހިމެނިގެންވެއެވެ. މުޢާވިޔަތުގެ ނަންފުޅުގައި ދިވެހި ރަސްކަލެއް ނެތެވެ. އަދި އުމަވީ ރަސްކަލެއްގެ ނަންފުޅު ޢުމަރު މެނުވީ ދިވެހި ރަސްކަލެއް ނެތެވެ! ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ ދީނަކީ ޖަލާލުއްދީނެވެ. (1306 - 1335) ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ފަހުގެ ދީނަކީ ނޫރުއްދީނެވެ. (1935 - 1943) ދިވެހި ރަސްރަސްކަލުންގެ ތެރެއިން އެންމެ ގިނަ ދީނަކީ ޢިމާދުއްދީން 6 ޢިމާދުއްދީނެވެ. ޤުރައިޝްވަންހައިގެ ދެތިން ރަސްކަލުން ރާއްޖޭގެ ރަސްކަން ކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު މިއީ 54 ވަނަ އަހަރު ކަމުގައި ވިޔަސް، މީގެ 700 އަހަރުކުރިން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ދަތުރުވެރި ފަތުރުވެރި ބޭރުގެ އިއްޒަތްތެރި ބޭފުޅުން ރާއްޖޭގައި ވަޒަންވެރިވެވަޑައިިގެން ދިވެހިރާއްޖޭގެ ސިންގާސަނާގައި ރެދަލިކުރެއްވުމެވެ.
ރާއްޖޭގެ 8 ރައީސުންގެ ތެރެއިން 3 ރައީސުންގެ ނަންފުޅުގައިވެސް މުޙަައްމަދު އެއީ ފުރަތަަމަ ނަންފުޅެވެ. ރައީސް މުޙައްމަދު އަމީން، ރައީސް މުޙައްމަދު ނަޝީދު، ރައީސް މުޙައްމަދު ވަޙީދު، ރައީސް މުޙައްމަދު މުޢިއްޒެވެ. ވީމާ، އެންމެ ފުރަތަމަ ރައީސް ނަންފުޅުގައިވެސް އަދި މިހާރުގެ ރައީސްގެ ނަންފުޅުގައިވެސް މުޙައްމަދު ހިމެނިގެންވެއެވެ!
މުޙަައްމަދު ޝާޠިރު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ކޮމެންޓް