މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ)ގެ ޗެއާމަންކަމުގެ މަގާމަށް އަހުމަދު ޝަހީރު އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ އެމްޓީޑީސީގެ ޗެއާމަންކަމުގެ މަގާމަށާއި، ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، މ. ލާލުބާޣު، އަހުމަދު ޝަހީރު، އެ ކުންފުނީގެ ބޯޑުން އައްޔަންކޮށްފައިވާ ކަމަށެވެ.
ޝަހީރު އެންމެ ފަހުން ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންކަމުގެ މަގާމުގައެވެ. މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެ މަގާމު އަދާކުރައްވަމުން ގެންދެވި ޝަހީރު މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފައިވަނީ އެމްޓީޑީސީގެ ޗެއާމަންކަމަށް އައްޔަންކުރުމަށެވެ.
ޝަހީރު ވަނީ ފެނަކައިގެ ޗެއާމަންކަން ވެސް ކުރިން ކުރައްވައިފައެވެ.
މީގެ އިތުރުން ޝަހީރު ވަނީ 29 އަހަރު އެސްޓީއޯގައި މަސައްކަތް ކުރައްވައިފައެވެ. އަދި 2015 އިން 2018 އަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަންވެސް އޭނާ ކުރެއްވިއެެވެ.
އެމްޓީޑީސީގެ ބޯޑުގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަބްދުﷲ ފާއިޒެވެ. މަގާމުގެ މުއްދަތު ހަމަވުމުން މަގާމުން ވަކިކުރުމަށްފަހު، މިމަހުގެ އެއްވަނަ ދުވަހު އޭނާ ވަނީ މިފްކޯގެ ޗެއާޕާސަންކަމުގެ މަގާމަށް އައްޔަންކޮށްފައެވެ.
އެމްޓީޑީސީ
އެމްޓީޑީސީ
އެމްޓީޑީސީ
އެމްޓީޑީސީ
ކޮމެންޓް