މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާއަކަށް 50 ލާރި ބަހަން ފާސްކޮށްފިއެވެ.
އެމްޓީޑީސީއިން މިގޮތަށް ފާސްކުރީ ހޮޓެލް ޖެންްގައި ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ.
އެމްޓީޑީސީއަށް 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 2.5 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 1.92 މިލިއަން ޑޮލަރާ އަޅައި ބަލާއިރު 6.5 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު ވެސް އެމްޓީޑީސީގެ ހިއްސާއަކަށް ބަހާފައިވަނީ 50 ލާރިއެވެ.
ރޭގެ ޖަލްސާގައި އެމްޓީޑީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ 5 ޑިރެކްޓަރުން ވަނީ އިންތިހާބުކޮށްފައެވެ. އެ މެންބަރުންނަކީ:
- އާމިނަތު އަޒްލިފާ
- އައިޝަތު ލީޒާ
- މިއްނާ ރަޝީދު
- އަހުމަދު މުއިއްޒު
- އިބްރާހިމް ލަތީފް
އެމްޓީޑީސީ
އެމްޓީޑީސީ
އެމްޓީޑީސީ
އެމްޓީޑީސީ
ކޮމެންޓް