ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ އިސްރާފު ކުޑަ އަދި މާލީ ގޮތުން ދެމެހެއްޓެނިވި ދައުލަތުގެ ހިދުމަތުގެ ދާއިރާއެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ބައެއް ކުންފުނިތަކަށް ބަދަލުތައް ގެންނެވުމަށް ނިންމަވާފައިވާކަން އިއުލާންކުރައްވައިފައެވެ. އޭގެ ތެރޭގައި އެމްޑަބްލިޔުއެސްސީއަކީ ސަރުކާރުގެ 100 ޕަސަންޓު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރުމާއި ދިރާގުގެ 52 ޕަސަންޓު ހިއްސާ ސަރުކާރަށް ހޯދުމުގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލުން ހިމެނެއެވެ.
އެކަމާ ގުޅޭގޮތުން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ފަހުމީ ވިދާޅުވީ ކުންފުނިތަކުގެ މަސައްކަތްތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމާއި، ބޭކާރު ހަރަދުތައް ނައްތާލުމާއި، ކޯޕަރޭޓް ގަވަނަންސް ހަރުދަނާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ގައުމީ އިސްތިރާޖީ މިލްކުވެރިކަން ވަރުގަދަކުރުމުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެންމެ މުހިންމު ކަންކަމަށް އިސްކަންދެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މި ބަދަލުތަކުގެ ސަބަބުން ކުންފުނިތަކުގެ ޒިންމާދާރުކަން އިތުރުވެ، ދިވެހި ރައްޔިތުންނަށް އެންމެ ހެޔޮއެދޭ އަދި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.
މާނަހުރި އިސްލާހީ ބަދަލުތަކެއް ގެނެވޭނީ އުނދަގޫ ނިންމެވުންތައް ނިންމައިގެންނާއި، އެކަންކަން ތަންފީޒުކުރުމުގެ އަޒުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ. ފަހުމީ ސިފަކުރެއްވި ގޮތުގައި މިއީ ސާފު މަގުސަދެއްގައި ސަރުކާރުން ގެންނަ އިސްލާހީ މުހިންމު ނިންމެމެވެ.
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
ކޮމެންޓް