ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ ބުނީ މިރޭ 8:11 އެހާކަންހާއިރު ފޭސް ދޭއްގެ ނިރޮޅުމަގާއި ނިކަގަސްމަގު ގޯޅި 2 ގުޅުނު ކަންމަތީގައި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ކަނާތު ފައިތިލަ މަތިން ކަނޑައިގެން ގޮސްފައިވީ ނަމަވެސް، މާ ބޮޑު ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް