މުވައްޒަފުން ނަގަންވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށް ކައުންސިލްތަކަށް އަންގަން ފަށައިފިއެވެ.
ކައުންސިލް ތަކަަށް މިގޮތަށް އަންގަން ފަށާފައި ވަނީ، އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު މުހައްމަދު ނިމާލު ސޮއިކުރައްވައި ކައުންސިލުތަކަށް ފޮނުވަން ފަށާފައިވާ ސިޓީތަކަކުންނެވެ.
އެ ސިޓީތަކުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން އެ އޮތޯރިޓީން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އާމްދަނީން ހަރަދުވާ ގޮތަށް ވެސް، މުވައްޒަފުން ނެގޭނީ އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމަށް ހަމަޖައްސާފައިވާ ކަމަށެވެ.
ކައުންސިލްތަކުގައި އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކާއި ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ކަނޑައެޅޭ ވަކި މަސައްކަތްތަކެއް ކުރުމަށް "ކޮންޓްރެކްޓް އެމްޕްލޯއިމެންޓް" އަދި "ވޭޖް އެމްޕްލޯއިމެންޓް" ވަޒީފާތަކަށް މީހުން ނަގަންވާނީ ވެސް އެލްޖީއޭގެ ހުއްދަ ލިޔުމުން ހޯދުމަށް ފަހު ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
މި މައްސަލައިގައި އެލްޖީއޭ އިން ބުނެފައި ވަނީ، ވަގުތީ ބޭނުންތަކާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް އަދި ކޮންސަލްޓަންސީ އާއި އެ ނޫން ވެސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާންކުރަން ޖެހޭނީ، އެ އޮތޯރިޓީގެ ހުއްދަ ހޯދުމަށް ފަހު ކަމަށެވެ.
އިބްރާހިމް ޒަކީ
އެލްޖީއޭ
ކޮމެންޓް