ނޯވޭގެ ރަސްކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ރަސްގެފާނު ހޯކަން 8 ވަނައަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ނޯވޭގެ ޒަމާންވީ އާދަކާދަތަކާއި އަގުހުރި އުސޫލުތައް ހިފަހައްޓައިގެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ފުރިހަމަ ގާބިލުކަން އާ ރަސްގެފާނުގެ ކިބައިގައި ހުންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ރާއްޖެއާއި ނޯވޭއާ ދެމެދު އޮތް ގުޅުމަކީ އެއް ގައުމު އަނެއް ގައުމަށް ކުރާ އިހްތިރާމާއި އެއްބަސްވެވޭ ހަމަތަކުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަސްގެފާނު ހޯކަން 8 ވަނައިގެ ޒައާމަތުގައި ދެ ގައުމުގެ ދެމެދުގައިވާ އެކުވެރިކަމާއި އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނޯވޭގެ އާ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަަމަށާއި، ނޯވޭގެ ރައްޔިތުންނަށް ފާގަތި، އަމާން މުސްތަގުބަލަކަށް އެދިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް