ރ. މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުުން ބުނީ ޑްރަގް އެންފޯސްމަންޓާއި، މަޑުއްވަރީ ފުލުހުންނާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 28 ވަނަ ދުވަހު، މަޑުއްވަރީ ހަތް ގެއެއް ބަލައިފާސްކޮށް ހަތް މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އޭގެ ތެރެއިން ދެ މީހަކު ފިޔަވައި ދެން ތިބި މީހުންވަނީ ދޫކޮށްލާފައިވާ ކަމަށާއި، މި އޮޕަރޭޝަންގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 53.05 ގުރާމް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބޮންތި / ރ. މަޑުއްވަރި، މުހައްމަދު މުއިއްޒު (27އ) އާއި ތުނޑި އާދަމް އާސިމް (29އ) އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމު މުއިއްޒު 10 ދުވަހަށް އަދި އާސިމް ހަތް ދުވަހަށް ބަންދުުކުރުމަށް ވަނީ އަމުރުކޮށްފައެވެ.