ބުރިޖުމަތީގައި ނުރައްކާތެރިކޮށް އަދި ފަރުވާކުޑަކޮށް ސައިކަލް ދުއްވި މީހާ ދެނެގަނެ، އެ މީހާގެ ލައިސަންސް ހިފަހައްޓައި، ދުއްވި އުޅަނދު ޓޯ ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ ބުނީ ބުރިޖު މަތީގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންވެ، އެ އުޅަނދާއި އުޅަނދު ދުއްވި ފަރާތް ދެނެގަނެ، އެ އުޅަނދު 30 ދުވަހަށް ޓޯކޮށް، އުޅަނދު ދުއްވި މީހާގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.