ދަތުރުކުރުމަށް ދޫކުރާ ވަގުތީ ލިޔުމަށް، ޓްރެވަލް ޑޮކިއުމަންޓަށް ނަގާ ފީ، ވަކި ހާލަތްތަކެއްގައި އަދި ވަކި މުއްދަތަކަށް މާފުކުރުމުގެ ބާރު އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލަށް ލިބޭ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު އިސްލާހުކޮށް، މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ގެނައި އެ އިސްލާހަކީ، ޕާސްޕޯޓާއި ވަގުތީ ލިޔުންތަކުގެ އަގު ބަޔާންކުރާ ގަވާއިދުގެ 12 ވަނަ މާއްދާގެ (އ)އަށް އަކުރެއް އިތުރުކޮށްގެން ގެނައި އިސްލާހެކެވެ.
މީގެކުރިން އަމަލުކުރަމުން އައި އުސޫލުގެ ދަށުން ދަތުރުކުރުމުގެ ވަގުތީ ލިޔުމަށް 250 ރުފިޔާގެ ފީއެއް ދައްކަން ޖެހެއެވެ.
ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު އިމިގްރޭޝަނުން ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، ކޮންޓްރޯލާ ޖެނެރަލް ކަނޑައަޅާ މުއްދަތަކަށް އެ ފީ ނުނަގާ ދޫކުރުމުގެ އިހުތިޔާރު މިހާރު ވަނީ ލިބިދީފައެވެ.
ގަވާއިދަށް އެ އިސްލާހު ގެނެސްފައިމިވަނީ، ރާއްޖެއަށް ބޭނުންވާ އާ ޕާސްޕޯޓު ސްޓޮކް ލިބުން މަހެއްހާ ދުވަހަށް ލަސްވެފައިވާތީ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދޭން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޕާސްޕޯޓު ޕްރިންޓު ކުރުމަށް ބޭނުންވާ ބުކްލެޓް ލިބުމުގައި ދިމާވި ދަތިތަކަކާ ގުޅިގެން، މިދިޔަ މޭ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތްވެސް އިމިގްރޭޝަނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
ކޮމެންޓް