ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޝުއައިބު ޔޫސުފް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޝުއައިބު އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޝުއައިބު ވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވައިފައެވެ.

ޝުއައިބަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު އަލީ ރަޝީދު ހުސައިންއެވެ.

މި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވަނީ ޝުއައިބަށް މަގާމުގެ ލިޔުން ހަވާލުކުރައްވައިފައެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ރައީސް ވަނީ އަމްޖަދު މުސްތޮފާ އައްޔަނުކުރައްވައިފައެވެ.