ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް މި މެސެޖު ފޮނުއްވީ، ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) ގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާގައި ވަނީ އުފަންވި 14 ތުއްތު ކުއްޖެއް ނިޔާވެފައެވެ.
ރައީސް ފޮނުއްވި މެސެޖުގައި، މި ހިތާމަވެރި ހާދިސާގައި މައުސޫމް ތުއްތު ކުދިންތަކެއް ނިޔާވި ހަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ފުން ހިތާމައިގެ ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ހެޔޮ ދުއާތައް ވަނީ ހިތާމައިގައި ބައިވެރިވާ އާއިލާތަކާއެކު ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ އާއިލާތަކަށް ކެތްތެރިކަމާއި ތަސައްލީ މިންވަރުކުރެއްވުން އެދި ދުއާކުރައްވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝަރީފަށާއި، އެ ގައުމުގެ ސަރުކާރަށާއި، އަދި ޕާކިސްތާނުގެ ރައްޔިތުންނަށް ރައީސް މުއިއްޒު ވަނީ ތައުޒިޔާ ރައްދުކުރައްވައިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިހާރު ކުރިއަށްދާ ތަހުގީގުގެ އަލީގައި، ކުރިމަގުގައި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް