ދިރާގުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި އަހަރީ ފުޓްސަލް މުބާރާތް ކަމަށްވާ 'ޑެސްކަޕް 2026' ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިއީ ދިރާގު އީ-ކްލަބް (އެމްޕްލޯޔީސް ކްލަބް) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގެ 20 ވަނަ އެޑިޝަނެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 19 ޓީމަކުން 300 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި މި މުބާރާތަށް މުވައްޒަފުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިފައިވާ ކަމަށް ދިރާގުން ބުނެއެވެ.
މި މުބާރާތުގެ އެންމެ ޝަރަފުވެރި ތަށި ކަމަށްވާ ސީއީއޯ އެންޑް އެމްޑީސް ކަޕްގެ ޗެމްޕިއަންކަން ހޯދީ ސީއެންއެފްސީ ޓީމުންނެވެ. މީގެ އިތުރުން، ޕްރިމިއާ ލީގުގެ ފައިނަލްގައި ޑީއެސްއެސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު ކާމިޔާބުކޮށް، އެ ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ ސީއެންއެފްސީންނެވެ.
ސުޕަ ލީގުގެ ފައިނަލްގައި ފިނޭންޒެސް ޓީމާ ވާދަކޮށް، އެ ލީގު ކާމިޔާބުކުރީ އީއޯސީ ޔުނައިޓެޑް ޓީމުންނެވެ. ހަމައެއާއެކު، ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ "ވިމެންސް ފިއެސްޓާ" ގެ ފައިނަލްގައި އާރްއޯސީ ސްޓާސްއާ ވާދަކޮށް، ޗެމްޕިއަންކަން ހޯދީ ފިނޭންޒެސް ޓީމުންނެވެ.
ދިރާގުން ބުނި ގޮތުގައި، މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކުރުމުގެ މަގު ފަހިކޮށްދިނުމުގެ އިތުރުން، މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް އެ ކުންފުނިން ދޭ ހާއްސަ އަހައްމިޔަތުކަން ހާމަވެގެންދާ ހަރަކާތެކެވެ.
ދިރާގު އީ-ކްލަބް މެދުވެރިކޮށް މަސައްކަތުގެ މާހައުލުން ބޭރުން ކުޅިވަރާއި، މުނިފޫހިފިލުވުން އަދި އިޖުތިމާއީ އެކި ހަރަކާތްތައް މެދުވެރިކޮށް މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމަކީ އެ ކުންފުނިން އިސްކަންދޭ ކަމެކެވެ. އަދި މުވައްޒަފުންނަށް ހިތްގައިމު އަދި މަސައްކަތްކުރާ ހިތްވާ މާހައުލެއް ބިނާކޮށްދީ، އެކަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާ ކަމަށް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.
ދިރާގު
ދިރާގު
ދިރާގު
ކޮމެންޓް