ސިޔާސީ ބޭނުމެއްގައި ނުވަތަ ބޭއިންސާފުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިބި މުވައްޒަފުން މަސައްކަތަށް ނެރެގެން ކަންކަން ކުރެވޭތޯ ސަރުކާރުން އަންނަނީ ބަލަމުންނެވެ.
މިދިޔަ ސަރުކާރުން ބައެއް ކުންފުނިތަކަށް ވަރަށް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން ނަގާފައިވާ ކަމަށާއި، ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އެއްވެސް ފަރާތަކަށް ބޭއިންސާފެއް ނުލިބޭނެ ގޮތަށް ކަންކަން ކުރިއަށް ގެންދަން ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ފާއިތުވި ތިން ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ދަރަނި އަދާކޮށްފައިވާ މިންވަރު އަޅައިކިޔުއްވައިފައެވެ. ސައީދު ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު 191 މިލިއަން ޑޮލަރުގެ ދަރަނި ދައްކާފައިވާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދައްކާފައިވަނީ 428 މިލިއަން ޑޮލަރެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ފުރަތަމަ ދެ އަހަރުގެ ތެރޭގައި 1.29 ބިލިއަނާއި 1.3 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ދަރަނި އަދާކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު އޮތް އިގުތިސާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ދުވަހަކުވެސް ވެރިކަމަކާ ހަވާލުނުކުރާ ފަދަ ދަތި ހާލަތެއްގައި މި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން، ހަރަދު ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް އަށް ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާ ކަމަށާއި، އާމްދަނީއެއް ނުލިބޭ ބޮޑެތި މަޝްރޫއުތައް ހިންގައި ދައުލަތުގެ ހަރަދުތައް އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.
މި ކަންކަން ހައްލުކޮށް ތަރުތީބުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓަރު ކުރައްވަމުން ގެންދަވާ ކަމަށް ސައީދު ވިދާޅުވިއެވެ. މީގެ އިތުރުން، ޑޮލަރު މާރުކުރުމުގެ ކަންކަން ހައްލުކުރުމަށާއި، ލައިސަންސް ނެތި ޑޮލަރުގެ ވިޔަފާރިކުރާ ފަރާތްތަކުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް