ނުއަގުގައި އެމްޑަބްލިޔުއެސްސީން ލޭންޑިން ކްރާފްޓެއް ގަތް ކަމަށް ބުނެ ދެކެވޭ ވާހަކަތައް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ދޮގުކުރައްވައިފައެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުގެ ކުންފުނިން 17 މިލިއަން ރުފިޔާ (އަސްލު އަގު 900،000ރ) އަށް ސެކަންޑް ހޭންޑް ލޭންޑިން ކްރާފްޓެއް ގަތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށްވެސް އެފަދަ އެއްވެސް އުޅަނދެއް އެމްޑަބްލިޔުއެސްސީން ގަނެފައިނުވާނެ ކަމަށެވެ.
އެމްޑަބްލިޔުއެސްސީގެ ބޯޑު މެންބަރަކު އިސްތިއުފާ ދެއްވީ، ފަލާހުގެ ކުންފުނިން ދެވަނަ ލޭންޑިން ކްރާފްޓެއް ގަތުމާ ދެކޮޅުވުމުން ކަމަށް ބުނެ ދެކެވޭ ވާހަކަތައްވެސް ފަހުމީ ދޮގުކުރެއްވިއެވެ.
ފަހުމީ ވިދާޅުވީ، ބޯޑު މެންބަރު އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާހުރެ ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ އެމްޑަބްލިޔުއެސްސީން ޑިއު ޕްރޮސެސްގައި ދެފުށްފެންނަ ގޮތަކަށް އަމަލުކުރުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ. އަދި އެ ކުންފުންޏަށް ކޮށްފައިވަނީ ސީރިއަސް ތުހުމަތުތަކެއް ކަމަށާއި އެއީ ހެކި ނެތި ކުރެވިގެންވާނެ ކަންކަން ނޫންކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައިވާ ގޮތުން 17 މިލިއަނަށް ލޭންޑިން ކްރާފްޓު ގަތުމަށްފަހު އެމްޑަބްލިޔުއެސްސީން ވަނީ 1.8 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްގެން އެ ލޭންޑިން ކްރާފްޓު މަރާމާތުކޮށްފައެވެ.
އަލީ ޔާމިން
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
ހުސެއިން ފަހުމީ، މެނޭޖިން ޑިރެކްޓަރު، އެމްޑަބްލިޔުއެސްސީ
ކޮމެންޓް