އިންފޮމޭޝަން ކޮމިޝަނަރުގެ ކަމުގެ މަގާމަށް ލ. މާވަށު މާޒީ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒްގެ ނަން މަޖިލީހަށް ފޮނުއްވީ އިންފޮމޭޝަން ކޮމިޝަނަރުގެ ކަމުގެ މަގާމުގައި މިހާރު ހުންނެވި، ހ.ގުރުވަ/ އަހުމަދު އާހިދު ރަޝީދުުގެ ކޮމިޝަނަރު ކަމުގެ މަގާމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހަށް ހަމަވާތީއެވެ.
ކޮމީޝަނަރުކަމުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކޮމިޝަނަރު ކަމުގެ މަގާމަށް ކުރިމަތާން ހުޅުވައިލެއްވި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ މަގާމަށް އައްޔަން ކުރެއްވުމަށް ފެނި ވަޑައިގަންނަވަނީ އަބްދުލްއަޒީޒް ކަމަށެވެ. އެހެންވެ އޭނާގެ ނަން މަޖިލީހަށް ފޮނުއްވާ ކަމަށާއި ނަމަވެސް އެ ސިޓީއާއެކު އެކަމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުވާފައިވާ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމު އަދާކުރައްވާފައިވާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ ވަނީ މާވަށު ދާއިރާގެ މަޖިލިސް މެންބަރު ކަމުގެ އިތުރުން ދައުލަތުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވައިފައެވެ.
އިބްރާހިމް ޒަކީ
އިންފޮމޭޝަން ކޮމިޝަނަރު
އިންފޮމޭޝަން ކޮމިޝަނަރު
ކޮމެންޓް