މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ލ އަތޮޅުން ފެށިގެން ގދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރުފަހު 15:00 އިން ފެށިގެން 18:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ ލ. އަތޮޅުން ގދ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އެހެންވެ، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެ އާއި ދެކުނަށް މޫސުން ގޯސްވާނެއެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރުމާއެކު ގުގުރުން އެކަށީގެން ވާ ކަމަށްވެސް މެޓުން ބުނެއެވެ.