އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން މި މަހުގެ ފަހުކޮޅު ބޭއްވުމަށް ތައްޔާރުވަމުންދާ "އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" (އައިސީއައިއޭ) ގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފިއެވެ.
މި މަހުގެ 30 އަދި 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޮންފަރެންސަކީ ރާއްޖޭގައި ބާއްވާ އިލްމީ އަދި ފިކުރީ އެންމެ ބޮޑު އެއް ބައްދަލުވުމެވެ. މިއީ އެ ސިލްސިލާގެ 11 ވަނަ ކޮންފަރެންސެވެ.
ބީއެމްއެލުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ، 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ބާއްވަމުން އަންނަ އެ ކޮންފަރެންސަކީ ރާއްޖޭގައި އިލްމީ ދިރާސާތަކާއި ބަހުސްތައް ކުރިއެރުވުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ހެކީގެ މައްޗަށް ބިނާކޮށް ކުރާ އަމަލީ މަސައްކަތްތައް ފުޅާކުރުމަށް އެ ޕްލެޓްފޯމުން ބޮޑު ބާރެއް ލިބިގެންދާނެކަމަށް ބީއެމްއެލުން ބުންޏެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ ތަރައްގީކުރުމަށާއި ފިކުރީ އަދި ދިރާސީ ނިޒާމު ހަރުދަނާކުރުމަށް ހިންގާ އެފަދަ މުހިންމު ހަރަކާތްތަކަށް އަބަދުވެސް އެއްބާރުލުމާއި އެހީތެރިކަން ދިނުމުގައި ބީއެމްއެލް ދެމިއޮންނާނެކަމަށް ބީއެމްއެލުން ބުންޏެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް