ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ފަށާފައިވާ "މޯލްޑިވްސް 2.0" މަޝްރޫއުގެ ތެރެއިން، އައިޓީ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށް (އެސްއެމްއީ) ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން މިރޭ ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިގްތިސޯދުގައި އައިޓީ ދާއިރާގެ އެސްއެމްއީތައް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށެވެ. އަދި ދިވެހި ވިޔަފާރިތަކަށް މި ދާއިރާއިން ކުރިއަށް ދިއުމަށް ހުރި ހުރަސްތައް ނައްތާލައި، ސަރުކާރުގެ ޑިޖިޓަލް ބަދަލުތަކުގެ ތެރެއިން އެފަރާތްތަކަށް ޖާގަ ހޯއްދަވައިދެއްވާނެކަމަށް ރ ރައީސް ވިދާޅުވިއެވެ.
"އެސްއެމްއީތައް ފުޅާކުރުމަކީ ސިޔާސަތު. އަޅުގަނޑުމެންގެ އިކޮނަމީގައިވެސް އައިޓީ ދާއިރާ ފުޅާކުރުމަކީ ސިޔާސަތު. އެކަހަލަ ހުރަސްތައް ހުރިއްޔާ އެއީ ހައްލުކުރުން މުހިއްމުކަމެއް" ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރު އިފްތިތާހު ކުރި "މޯލްޑިވްސް 2.0" މަޝްރޫއަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މުޅި ދައުލަތުގެ ނިޒާމު ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލާފައިވާ މަޝްރޫކެވެ. މި މަޝްރޫއު ފުރިހަމަވުމުން، ކިއުތަކުގައި ތިބެގެން ހިދުމަތް ހޯދުމުގެ ބަދަލުގައި، އޮންލައިންކޮށް ސަރުކާރުގެ ހުރިހާ ހިދުމަތެއް ހޯދެން ހުންނާނެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް