ކަސްޓަމްސްއަކީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލް ކުރާ މުއައްސަސާއެއްގެ ގޮތުގައި މީގެ ކުރިން ދެކެވުނު ނަމަވެސް މިއަދު އެ މުއައްސަސާގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން ކަސްޓަމްސް ސަބް ގްރޫޕްގެ 14 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިހްސާން ވިދާޅުވީ ސަރަހައްދީ ވިޔަފާރި ބައްޓަން ކުރާނެ ޑިޖިޓަލް ގުޅުންތަކަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރަމުން އަންނަ ކަމަށެވެ.
އުމްރާނީ ވަސީލަތްތަކުން އެކަނި ގުޅުންތެރިކަމެއް ނުއުފެއްދޭނެކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ނާކާމިޔާބު އުސޫލުތަކުގެ ސަބަބުން މުދާ ލަސްވާނަމަ، ޒަމާނީ ބަނދަރެއްގެ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށެވެ. އަދި ވަކިވެގަނެގެން ހިންގާނަމަ، ޑިޖިޓަލް ކަސްޓަމްސް ނިޒާމެއްގެ ފުރިހަމަ ފައިދާ ނުލިބޭނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ކަސްޓަމްސް އިދާރާތަކުން އެއްފަހަރާ ގާނޫނީ ވިޔަފާރިއަށް މަގުފަހިކޮށްދީ، ގައުމީ އާމްދަނީ ރައްކާތެރިކޮށް، ގައިރު ގާނޫނީ ވިޔަފާރި ހުއްޓުވައި ސަޕްލައި-ޗެއިންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އާންމުގޮތެއްގައި ކުރިން ކަސްޓަމްސްއާ މެދު ދެކެވުނީ ހަމައެކަނި އާމްދަނީ ހޯދައި، ބޯޑަރު ކޮންޓްރޯލް ކުރާ މުއައްސަސާއެއްގެ ގޮތުގަ. ނަމަވެސް މިއަދު، ކަސްޓަމްސްގެ މަސްއޫލިއްޔަތުތައް މިއަށްވުރެ މާފުޅާ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި އަމާޒުތަކަށް ވާސިލުވުމަށް ޓެކްނޮލޮޖީގެ ސަބަބުން އަސާސީ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާއި ޑިޖިޓަލް ކަސްޓަމްސް ނިޒާމުތަކާއި ނޭޝަނަލް ސިންގަލް ވިންޑޯގެ ސަބަބުން ބޯޑަރު ހުރަސްކޮށް މުދާ އުފުލާ އުސޫލަށް ބޮޑު ބަދަލެއް ގެނެވިދާނެ ކަމަށް ވިދާޅުވިއެވެ.
އިއްޔެއިން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖެ، ބަންގްލަދޭޝް، ބޫޓާން، ނޭޕާލްގެ އިތުރުން އިންޑިއާ އަދި ސްރީލަންކާއިން ބައިވެރިވެއެވެ.
އަލީ ޔާމިން
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ކޮމެންޓް