ދަރިންނަށް ހަރަދު ނުދޭ މީހަކު ދެ މަހަށް ޖަލަށްލައި އެމީހާގެ ވަނަވަރާއި ފޮޓޯ އާއްމުކޮށްފިއެވެ.

ލަންދޫ މެޖިސްޓްރޭޓް ކޯޓުން މިއަދު ވަނީ ކ. ކާށިދޫ، ހެޕީނައިޓް، އަހްމަދު އަންވަރުގެ ވަނަވަރާއި ފޮޓޯ އާންމުކޮށްފައެވެ. އެ ކޯޓުން ބުނީ އޭނާއާ ބެހޭ މައުލޫމާތު އާންމުކޮށްފައިވަނީ ޢާއިލާއާ ބެހޭ ގަވާއިދުގެ 55 ވަނަ މާއްދާގެ ކ. ގެ 5 ވަނަ ނަމްބަރުގެ ދަަށުން ކަމަށެވެ.

އެ ކޯޓުން މިއަދު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ދަރިންނަށް ހަރަދު ނުދޭ މައްސަލައިގެ ތަންފީޒީ ފިޔަވަޅެއްގެ ގޮތުން އަންވަރު ދެ މަހަށް ޖަލުގައި ބަންދުކޮށްފައިވާ ކަމަށެވެ.

ދަރިންގެ ހަރަދު ނުދޭ މީހުންގެ ނަން ހާމަކުރުމަށް ފެމިލީ ކޯޓުން ނިންމީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން ވަރަށް ގިނަ ކޯޓުތަކުން އަންނަނީ ހަރަދުނުދޭ މީހުންގެ ވަނަވަރާއި ފޮޓޯ އާންމު ކުރަމުންނެވެ.