ނ. ލަންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި އެ ރަށުގައި މޫދަށް އެރޭ ސަރަހައްދެއް ހެދުމުގެ މަސައްކަތް މި އަހަރު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، ނ އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން ލަންދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ، ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރަނީ ބެޗުތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ހަ ބެޗުގެ މަޝްރޫއުތައް މިހާރު ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލަންދޫގެ ގިރާ ސަރަހައްދާއި މޫދަށް އެރޭތަން ހެދުމުގެ މަޝްރޫއަކީ ހަތް ވަނަ ބެޗުގައި ހިމެނޭ މަޝްރޫއެއް ކަމަށާއި ހަތް ވަނަ ބެޗުގެ މަޝްރޫއުތައް އަންނަ ސެޕްޓެމްބަރު މަހު ހަވާލު ކުރެވި ޑިސެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
"މޫދަށް އެރޭ ސަރަހައްދު، ޝޯ ޕްރޮޓެކްޝަން ދެ މަސައްކަތް އެއްކޮށް ކުރިއަށްގެންދާނަން" ރަައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ލަންދޫ ސްކޫލުގެ ޖާގަ އިތުރުކޮށް ވަސީލަތްތައް ވެސް އިތުރުކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެކި ދުވަސްވަރަށް ބަހާލައިގެން ލަންދުއަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމަށެވެ.
އަލީ ޔާމިން
ރިޕޯޓް
ހައުސިން މިނިސްޓްރީ
ކުޅިވަރު
އިރާން