އުފަންވިތާ ތިން ދުވަސްވީ ތުއްތު ކުއްޖަކު، އެ ކުއްޖާގެ މަންމަގެ ނުރުހުމުގައި ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ތަހުގީގަށް، ފެމިލީ މިނިސްޓްރީން ނަގަން ޖެހޭ ހުރިހާ މައުލޫމާތުތަކެއް ނަގައިފިއެވެ.
އެ މައްސަލައިގައި ބަލައި ފާސްކުރުމުގެ އަމުރަކާ އެކު އެޗްއާރްސީއެމްއިން ފެމިލީ މިނިސްޓްރީއަށް ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
އެޗްއާރްސީއެމްގެ މެންބަރު އިސްމާއިލް ހަބީބް "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގައި ފެމިލީ މިނިސްޓްރީން ނަގަން ޖެހޭ ހުރިހާ މައުލޫމާތެއް މިހާރު ނަގާފައިވާ ކަމަށާއި އެޗްއާރްސީއެމްގެ ޓީމެއް ކުޅުދުއްފުށި ސިޓީ އާއި ހދ. ނޮޅިވަރަންފަރަށް ގޮސް އިދާރާތަކުންނާއި އެ ކުއްޖާގެ މަންމަގެ ކިބައިން ނަގަން ޖެހޭ ބަޔާންތައްވެސް ނަގާފައިވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން "ވަން" އިން އެޗްއާރްސީއެމްގެ ރައީސް އައިޝަތު ރަމީލާއަށް މެސެޖު ކުރުމުން އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅޭ ހުރިހާ މައުލޫމާތެއް ވަރަށް އަވަހަށް ހޯދައި ނިމޭނެ ކަމަށެވެ.
މި މައްސަލަ ފެންމަތިވީ، ވިހެއުމަށްފަހު ހޮސްޕިޓަލުގައި އޮއްވައި ދަރިފުޅު އަތުން އަތުލައި ދައުލަތަށް ގެންދިޔަ ކަމަށް ބުނެ، އުމުރުން 25 އަހަރުގެ މަންނަ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެންނެވެ. އެ މަންމަ ބުނެފައިވާ ގޮތުގައި، އޭނާގެ ހަށިގަނޑުގައި ހުރި ނުކުޅެދުންތެރި ކަމަކަށާއި ނަފުސާނީ ހާލަތަށް ރިއާޔަތްކޮށް، ދަރިފުޅު ބެލުމުގެ ގާބިލުކަން ނެތް ކަމަށް ނިންމައި ދައުލަތުން ވަނީ އޭނާގެ ހައްގުތަކަށް އަރައިގަނެފައެވެ.
ޖެންޑާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. ކުއްޖަކު އާއިލާގެ ގާތުން ވަކިކުރަނީ، އެ ކުއްޖާގެ ރައްކާތެރިކަން އާއިލާގެ ތެރެއިން ކަށަވަރު ނުކުރެވޭނެ ފަދަ ހާލަތެއް އޮތް ނަމަ، އެކަނި ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން އާއިލާއަށް ފޮނުވި ސިޓީގައިވާ ގޮތުން، ކައިވެނިން ބޭރުގައި ލިބުނު މި ކުއްޖާ ދައުލަތަށް ނަގަން ޖެހުނު ސަބަބުތަކުގެ ތެރޭގައި މަންމަގެ ދިރިއުޅުމުގެ މާހައުލާއި، ނަފުސާނީ ހާލަތުގެ އިތުރުން އަތުގެ ނުކުޅެދުންތެރިކަން ހިމެނެއެވެ. އަދި އާއިލާގެ ފަރާތުން ކުއްޖާއަށް އަޅާލާނެ އިތުރު ބަޔަކު ނެތުމަކީވެސް ކުއްޖާގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދުނު ކަމެއް ކަމަށެވެ.
އަލީ ޔާމިން
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް