ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަރަންޓް ކެނޑިގެން، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާ މެދު ކަނޑާލައިފިއެވެ.
ޖަލްސާ މެދުކަނޑައިލީ މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅި 12:00 ގައި ފަށައިގެން އެންމެ މެންބަރެއް ވާހަކަ ދައްކައި ނިމި އިތުރު މެންބަރަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދިން ހިސާބުންނެވެ.
އޭރު ކުރިއަށް ދިޔައީ މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގްރާމް ގެ ނަމުގައި "ޕާލް ރެޒިޑެންސް ވިސާ"ގެ ނަމުގައި އިންވެސްޓަރުންނަށް ހާއްސަކޮށްގެން ރާއްޖޭގައި ތައާރަފު ކުރާ ރެޒިޑެންސް ވިސާ މަޝްރޫއު ހުއްޓާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވި ގަރާރެކެވެ.
އެ ގަރާރުގެ ބަހުސްގައި ޝަމްހީދު ވާހަކަ ދެއްކެވުމަށްފަހު، ވެލިދޫ ދާއިރާއެ އެމްޑީއޭގެ މެންބަރު އަހްމަދު އައްބާސް ވާހަކަ ދެއްކުމަށް ފުރުސަތު ދެއްވި ހިސާބުން އަޑު ބަންދުވެ ޖަލްސާ މެދުކެނޑުނެވެ.
އެކަމާ ގުޅިގެން ވަން އިން ގުޅާލުމުން މަޖިލީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޖަލްސާ މެދުކަނޑައިލީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މަޖިލީހުން ކަރަންޓް ކެނޑިގެން ގޮސްގެން ކަމަށެވެ.
ނަމަވެސް 1:00 ގައި އަލުން މަޖިިލިސް ޖަލްސާ ފަށާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް