ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ހާއްސަކޮށްގެން ޒަމާނީ ފެންވަރުގެ ހޯލެއް ބިނާކުރުމަށްޓަކައި، އެ ސްކޫލާ އިންވެގެން ހުރި މާލޭ ޖަލު ތަޅާލުމުގެ މަސައްކަތް މި އަހަރުގެ ފަހު ކުއާޓަރުގައި ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ، ޖަލު ތަޅާލުމަށް ބަޔަކާ ހަވާލުކުރުމުގެ އިތުރުން އެތަން ހުސްކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ ޖަލު ހުރި ބިމުގައި މާލޭގައި ހުންނާނެ އެންމެ ފުރިހަމަ އަދި ޒަމާނީ އެއް ހޯލު ތަރައްގީ ކުރުން ކަމަށް ވިދާޅުވިއެވެ.
"ހޯލެއް ބިނާކުރާ އިރު ފެންވަރު ރަނގަޅު ހޯލެއް ތަރައްގީ ކުރެވޭނެ. މާލޭގައި ހުރި އެންމެ ޒަމާނީ ހޯލަކަށް ވާނެ. ޖާގައަށް ބަލާއިރުވެސް އެކި ކަންކަމަށް ބޭނުން ކުރެވޭނެ ގޮތަށް ތަރައްގީ ކުރާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މި ހޯލު ތަރައްގީ ކުރާނީ ޖާގައަށް ބަލައިގެން އެކި ބޭނުންތަކަށް ބޭނުންކުރެވޭ ފަދަ ޒަމާނީ ވަސީލަތްތަކާ އެކު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ،
ނިމިދިޔަ ސަރުކާރުން ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ބިނާ ކުރި އިރު ހޯލެއް ހަދާފައިނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުންތައް އޮތްކަން ފާހަގަކުރައްވަމުން، މި ސަރުކާރުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދަރުމަވަންތަ ސްކޫލުގެ އައު އިމާރާތުގައި ރަސްމީކޮށް ކިޔަވައިދޭން ފަށާފައިވަނީ 6 އޮގަސްޓު 2023 ގައެވެ.
އަލީ ޔާމިން
ޖަލުތައް
ޖަލުތައް
ޖަލުތައް
ޖަލުތައް
ކޮމެންޓް