އެޗްޑީސީ ސްޓާފުންގެ ފަރާތުން "ބްލަޑް ބޭންކް" އަށް ލޭ ހަދިޔާކުރުމަށް މިއަދު ބްލަޑް ކޭމްޕެއް ފަށައިފިއެވެ.
އެޗްޑީސީ އާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން މިއަދު ކުރިއަށްގެންދާ މި ބްލަޑް ކޭމްޕުގެ މަގުސަދަކީ، އެޗްޑީސީ ސްޓާފުންގެ ފަރާތުން ބަލްޑް ބޭންކަށް ވީހާވެސް ގިނަ ލޭ ހަދިޔާކުރުމެވެ. އަދި ބަލްޑް ބޭންކަށް ބޭނުންވާ ލޭ ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެގޮތުން މިއަދުގެ ހެނދުނުން ފެށިގެން ހަވީރަށް ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަކީ، މެޑިކަލް ޗެކަޕާ އެކު އެޗްޑީސީގެ ހުރިހާ ސްޓާފުންނަށް ލޭ ހަދިޔާކުރެވޭ ގޮތަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަދުގެ ހަރަކާތާ ގުޅޭގޮތުން، އެޗްޑީސީ ސީއެސްއާރުގެ އެސިސްޓެންޑް ޑިރެކްޓަރު ހަސަން ޝަހީދު ވިދާޅުވީ، ބްލަޑް ބޭންކުގައި ލޭ މަދުވެފައި ހުރިކަމުގެ މައުލޫމާތު މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ލިބުމާ ގުޅިގެން ކުރިއަށްގެންދާ މި ބްލަޑް ކޭމްޕަށް އެޗްޑީސީގެ ވަރަށް ގިނަ ސްޓާފުންގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. އަދި ބްލަޑް ބޭންކަށް ދިމާވި ލޭގެ ދަތިކަން ހައްލުކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް އެޗްޑީސީން އިސްނަގައިގެން ބްލަޑް ކޭމްޕެއް ކުރިއަށްގެންގޮސްފައިވާ އިރު، އަމާޒަކީ މިއަހަރުގެ ތެރޭގައި އަދިވެސް މިފަދަ އިތުރު ކޭމްޕެއް ކުރިއަށްގެންދިޔުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެޗްޑީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން، ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް މިއަހަރުގެ ޖެނުއަރީ މަހުވެސް ވަނީ ސްޓާފުންގެ ބަލްޑް ކޭމްޕެއް ބާއްވައިފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސިލްސިލާކޮށް މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ އަމާޒެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
ކޮމެންޓް