ބެލްޖިއަމްގެ އިރުމަތީ ފްލޭންޑާސްގެ ރަށެއް ކަމަށްވާ ޑެންޑަމޮންޑޭގައި އިމާރާތެއް މަރާމާތުކުރުމުގެ މަސައްކަތްކުރި ބަޔަކަށް، ގާތްގަނޑަކަށް 10.4 މިލިއަން ޑޮލަރު (9 މިލިއަން ޔޫރޯ) ގެ އަގުހުރި ރަނުގެ ހަޒާނާއެއް ފެނިއްޖެއެވެ.
މި ރަން ފެނިފައިވަނީ، އެ ރަށުގެ ޖަމިއްޔާއެއް ކަމަށްވާ "ސީއޭޑަބްލިއު އީސްޓް-ފްލޭންޑާސް" އަށް ނިސްބަތްވާ އިމާރާތެއްގެ ނަރުދަމާ ހޮޅިއެއް ވަޅުލުމަށްޓަކައި ބިމުއަޑި ކޮންނަނިކޮށެވެ.
ބެލްޖިއަމްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަޒާނާގައި 50 ވަރަކަށް ރަންގަނޑާއި ގިނަ އަދަދެއްގެ ރަން ފައިސާ ފޮތި ހިމެނެއެވެ. މީގެ އަގު 9 މިލިއަން ޔޫރޯއަށް އަރާނެ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައިވެއެވެ.
މި މަސައްކަތުގައި އުޅުނު އުމުރުން 18 އަހަރުގެ ކޯބޭ ނަމަކަށް ކިޔާ މީހަކު ބެލްޖިއަމްގެ ވީއާރްޓީ ނޫހަށް ބުނި ގޮތުގައި، އެންމެ ފުރަތަމަ ރަން ފެނުމުން އެއީ ހަގީގަތެއް ކަމަށް ގަބޫލުކުރަން ވެސް ދަތިވިއެވެ. އެތަނުން ރަން ފެނިދާނެ ކަމަށް އެއްވެސް ވަރަކަށް އުންމީދުނުކުރާ ކަމަށް އޭނާ ބުންޏެވެ.
ޑެންޑަމޮންޑޭގެ ފުލުހުން ބުނި ގޮތުގައި، ރަން ފެނުމާއެކު މަސައްކަތްތެރިން ވަނީ އެކަން ފުލުހުންނަށް އަންގާފައެވެ. އަދި މިހާރު އެ ތަކެތި ފެޑެރަލް ސަރުކާރުގެ ރައްކާތެރިކަން މަތި ވޯލްޓަކަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހަޒާނާގެ އަސްލު ވެރިފަރާތަކީ ކޮބައިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. ބެލްޖިއަމްގެ ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މި ތަކެތީގެ ގާނޫނީ ވެރިފަރާތް ހޯދުމުގެ ތަހުގީގުތައް ކުރިއަށްގެންދަމުންނެވެ.
ބެލްޖިއަމް
ބެލްޖިއަމް
ބެލްޖިއަމް
ކޮމެންޓް