ކުރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުސްވެފައިވާ މަގާމުތަކަށް ތިން ބޭފުޅަކު އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިދިޔަ މަހު ކުރި އިއުލާނާ ގުޅިގެން ކުރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 29 ބޭފުޅުންގެ ތެރެއިން، އެ ކޮމިޝަނުން ހޮވާފައިވަނީ ތިން ބޭފުޅެކެވެ.
އޭގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ ޑޭޒީމާގޭ އަހުމަދު ތައުފީގާއި، ޅ. ކުރެންދޫ ނޫރާނީގޭ ސުލައިމާން މުހައްމަދު އަދި ތ. ވޭމަންޑޫ ޑްރީމް، މުހައްމަދު އަބްދުالله އެވެ.
އެ މަގާމުތަކަށް ކުރިމަތިލީ ބޭފުޅުންގެ ތެރޭގައި ކުރީގެ ބައެއް ފަނޑިޔާރުންނާއި، މިހާރުވެސް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތް ކުރައްވާ ބައެއް މެޖިސްޓްރޭޓުން ހިމެނިވަޑައިގަންނަވައެވެ.
ކުރިމިނަލް ކޯޓުގެ ފަނޑިޔާރުން ހޮވުމުގެ މަސައްކަތް ނިމިފައިވާއިރު، ސިވިލް ކޯޓުގެ ތިން މަގާމަކަށް ކުރިމަތިލީ 42 ބޭފުޅުންގެ ތެރެއިން އައްޔަންކުރާނެ ބޭފުޅުން ޖޭއެސްސީން އަދި ކަނޑައެއް ނާޅައެވެ.
މުހައްމަދު އިޝާން
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ކޮމެންޓް