ފިލިޕީންސްގެ ޔުނިވާސިޓީ އޮފް ޕާޕެޗުއަލް ހެލްޕް ސިސްޓަމް ޑަލްޓާގައި ހިންގަމުން އަންނަ ބީއެސް ސައިކޮލޮޖީ" ކޯހަކީ މެޑިސިން ކިޔެވުމަށް ބޭނުންވާ ޕްރީ މެޑިސިން ކޯހެއްގެ ގޮތުގައި ބަލައިގަތުން، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) އިން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އެމްއެމްޑީސީން މިއަދު ބުނީ 11 އޮގަސްޓު 2024 އިން ފެށިގެން ހުއްދަ ދެމުން އައި އެ ކޯހާ ގުޅޭ ބައެއް މައްސަލަތަކެއް ފާހަގަކުރެވިފައިވާތީ، އެކަން ބަލައި ނިމެންދެން ކޯހުގެ ހުއްދަ ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް، އެ ކޯހާ ގުޅޭގޮތުން ފާހަގަވީ ކޮން ބާވަތެއްގެ މައްސަލަތަކެއްކަމެއް އެ ކައުންސިލުން ބުނެފައެއްނުވެއެވެ.
އެ ހުއްދަ މެދުކަނޑާލި ނަމަވެސް، ވަކި ހާލަތްތަކެއްގައި ތިބި ދަރިވަރުންނަށް އެމްއެމްޑީސީން ވަނީ އިސްތިސްނާ ފުރުސަތުތަކެއް ދީފައެވެ. އެގޮތުން، ޕްރީ މެޑިސިން ނިންމުމަށްފަހު މިހާރު މެޑިސިން ނުވަތަ ޑެންޓިސްޓްރީ ކިޔަވަމުންދާ ދަރިވަރުންނާއި، މިދިޔަ ޖުލައިގެ 21 ކުރިން ޕްރީ މެޑިސިން ނިންމައި މެޑިކަލް ނުވަތަ ޑެންޓަލް ކޮލެޖަކުން ޖާގަ ހޯދަން މަސައްކަތް ކުރާ ފަރާތްތަކަށް މި ނިންމުމުގެ އަސަރެއް ނުކުރާނެކަމަށް އެ ކައުންސިލުން ބުންޏެވެ.
މީގެ އިތުރުން، މިދިޔަ ޖުލައިގެ 21 ގެ ކުރިން ޕްރީ މެޑިސިން ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުންނާއި، މިއަހަރުގެ ތެރޭގައި ހިންގާ ޕްރޮގްރާމަކުން ޖާގަ ލިބި، ފައިސާ ދައްކާފައިވާ ދަރިވަރުންވެސް އެ ނިންމުމުން އިސްތިސްނާވާނެކަމަށް އެމްއެމްޑީސީން ބުންޏެވެ.
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
ކޮމެންޓް