ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކަށް ޑޮލަރުން އިންވެސްޓް ކުރެވޭ ގޮތަށް ހުޅުވާލި ސްކީމްގެ ފައިދާ ޑޮލަރުން ދޭން ފަށައިފިއެވެ.
ބީއެމްއެލުން ވަނީ މިދިޔަ ޖޫން މަހުގެ 30ގައި ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބޭންކްގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިން ތެރެއިން ތައާފުކޮށްފައެވެ.
މިއަދާ ހަމައަށް އެ ސްކީމްގެ ދަށުން އިންވެސްޓް ކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓް ކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. އެ އިންވެސްޓްމެންޓްތައް ހުޅުވާލެވިފައި ވަނީ އެކި މިންވަރަށް ފައިދާ ލިބޭ ޕޫލްތަކުގެ ގޮތުގައި ކަމަށް ވާއިރު، 25 ޕަސަންޓާއާ ހަމައަށް ފައިދާ ލިބޭނެ ކަމަށް ބޭންކުން ވަނީ ބުނެފައެވެ.
ބީއެމްއެލުން މިއަދު ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި މި އިންވެސްޓްމަންޓްގެ ނަފާ ޑޮލަރުން ދޭން މިހާރު ނިންމައިވާ ކަމަށެވެ.
"ފޮރެކްސް އިންވެސްޓްމަންޓްގެ ހިދުމަތް މިހާރު ވަނީ ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށް އިތުރަށް ފުރިހަމަކުރެވިފައެވެ. މި އިންވެސްޓްމަންޓުން ލިބޭ ނަފާއާއި އިންވެސްޓްކުރި އަދަދު ޖަމާވާނީ ޑޮލަރުންނެވެ. އަދި އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖް ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެއެވެ." ބީއެމްއެލްގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް