މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިޖުތިމާއީ ޒިންމާގެ ދަށުން މާފަންނު ރަސްފަންނުގައި ފާހާނާބަރިއެއް ހަދައިފިއެވެ.
އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޕީއެލުން ވަނީ އެތަން ހައުސިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެމްޕީއެލްގެ ފަރާތުން ފާހަނާބަރި ރަސްމީކޮށް ހަވާލުކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީންއެވެ. މިނިސްޓްރީގެ ފަރާތުން ފާހާނާބަރިއާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއެވެ.
އެމްޕީއެލުން ބުނިގޮތުގައި އެމަޝްރޫއަކީ ހައުސިން މިނިސްޓްރީގެ އެދުމަކަށް އެމްޕީއެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
އެމްޕީއެލްގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްގެ މުވައްޒަފުން ޑިޒައިންކޮށްފައިވާ އެ ފާހާނާބަރި ހެދުމުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ އެކުންފުނީގެ ފެސިލިޓީ ޑިޕާޓްމަންޓްގެ މުވައްޒަފުންނެވެ.
އެތަނުގައި ދެ ފާހާނާ އާއި ފެންވަރާ ތަނެއް ހިމެނޭ ގޮތަށް ފާހާނާބަރި ހަދާފައިވަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ހުރިހާ އުމުރެއްގެ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ.
އާއިޝަތު މާހާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް