ޝަހީދު ހުސެއިން އާދަމް ބިލްޑިން (ފުލުހުންގެ މައި އިދާރާ)އިން ފެށިގެން ދޮށިމޭނާ ބިލްޑިންއާ ހަމަޔަށް އެއްގަމު ތޮއްޓަކީ، ޑިފެންސް މިނިސްޓްރީގެ ބޭނުމަށް ހާއްސަ ސަަރަހައްދެއް ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި ބުނީ މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި ތަރައްގީކޮށްފައިވާ އެއްގަމު ތޮށިން ވަކި ސަރަހައްދެއް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދަކީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮށި ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ. އެެހެންކަމުން އެ ސަރަހައްދުގެ އެއްގަމު ތޮއްޓަށް، ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށެވެ.
މީގެ ކުރިންވެސް އެ ސަރަހައްދަކީ އެމްއެންޑީއެފްގެ އުޅަނދުތައް އަޅާފައި ބޭއްވުމަށް ދޫކޮށްފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި އެހެން އުޅަނދުތައް އަޅާފައި ބޭއްވުމަކީ މަނާ ކަމެކެވެ. ނަމަވެސް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތްތައް ކުރިއަށްދިޔަ އިރު، އެ ސަރަހައްދުގައި އާންމު އުޅަނދުތައް އެޅުމަށް ހުއްދަ ދެވިފައިވެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައި އެ މަގު އެއްކޮށް ހުޅުވާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
ކޮމެންޓް