ކާމިޔާބު ސީރީޒް "ދަ ރޭލްވޭ މެން" އަށް ފަހު، ވައިއާރުއެފް އެންޓަޓެއިންމަންޓުން "ޓަނަލް މެން" ގެ ނަމުގައި އާ ސީރީޒެއް އުފައްދަން ފަށައިފިއެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އާ ސީރީޒް ބިނާކޮށްފައިވަނީ 2023 ވަނަ އަހަރު އިންޑިއާގެ އުއްތަރާކަންޑުގެ ސިލްކިޔާރާ ޓަނަލް ވެއްޓި، އޭގެ ތެރޭގައި ތާށިވި 41 މަސައްކަތްތެރިން ސަލާމަތްކުރުމަށް ހިންގި އޮޕަރޭޝަނުގެ މައްޗަށެވެ. ދެ ހަފުތާއަށް ވުރެ ގިނަ ދުވަސް ވާންދެން ކުރިއަށްދިޔަ މި އޮޕަރޭޝަނަކީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ހާދިސާއެކެވެ.
ރިޕޯޓުތައް ބުނާ ގޮތުން، "ޓަނަލް މެން" ޑައިރެކްޓުކުރާނީ އަމްބިއެކާ ޕަންޑިތު އަދި މަނަން ރާވަތެވެ. މިއީ ވައިއާރުއެފް އެންޓަޓެއިންމަންޓާއެކު މި ދެ ޑައިރެކްޓަރުން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް، "ދަ ރޭލްވޭ މެން" ޑައިރެކްޓުކުރި ޝިވް ރަވައިލް މި ސީރީޒްގެ ޝޯރަނަރެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި ޕްރޮޖެކްޓާ ގުޅޭގޮތުން މައުލޫމާތު ދިން ފަރާތަކާ ހަވާލާދީ ޕިންކްވިލާއިން ބުނި ގޮތުގައި، ސީރީޒްގެ ސްކްރިޕްޓް ލިޔުމާއި ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް ބާރަށް ކުރިއަށްދެއެވެ. އަދި އަމާޒަކީ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ކުރިއަށްދިޔަ ގޮތާއި އޭގެ ޖަޒުބާތުތައް ހަގީގަތާ އެއްގޮތަށް ދައްކުވައިދިނުން ކަމަށް އެ ފަރާތުން ފާހަގަކުރިއެވެ.
މި ސީރީޒް ވެސް ނެޓްފްލިކްސްއިން ޕްރިމިއާކުރާނެ ކަމަށް ބެލެވޭއިރު، ސީރީޒްގައި ހަރަކާތްތެރިވާނެ ތަރިންނާ ގުޅޭގޮތުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. މިހާތަނަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އަދި ޔަގީންނުކުރެވޭ ރިޕޯޓުތަކެކެވެ. މިވަގުތު ޕްރޮޖެކްޓް އޮތީ އުފެއްދުމުގެ އެންމެ ކުރީކޮޅުގެ މަރުހަލާގައެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ކޮމެންޓް