މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)އިން ވިޔަފާރިވެރިންނާ ބައްދަލުކޮށް، މަޝްވަރާތަކެއް މިއަދު ބާއްވައިފިއެވެ.
އެމްޕީއެލުން މިރޭ ބުނީ އެ މަޝްވަރާގެ ބައްދަލުވުން ބާއްވާފައިވަނީ މީރުމާ ހޮޓަލުގައި މިރޭގެ ވަގުތެއްގައި ކަމަށެވެ. އެ މަޝްވަރާ ބައްދަލުވުމުގައި އެމްޕީއެލްގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު އަދި މެނޭޖްމަންޓުގެ އިސް ބޭފުޅުންކަމަށް އެމްޕީއެލުން ބުންޏެވެ.
އެ ބައްދަލުވުމުގައި ވިޔަފާރިވެރިންގެ ފަރާތުން ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވެ، މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ހިޔާލުތައް ހިއްސާކުރިކަމަށް އެމްޕީއެލުން ބުންޏެވެ. އެ ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ އިގްތިސޯދީ ނާރެސް ކަމުގައިވާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު، އެ މަޝްރޫއުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމަށްވާ ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުންކަމަށް އެމްޕީއެލުން ބުންޏެވެ.
އެމްޕީއެލުން ބުނީ ބައްދަލުވުމުގެ ތެރެއިން ވިޔަފާރިވެރިން ވަނީ ތިލަފުށީ ބަނދަރުގެ އޮޕަރޭޝަންތައް ވީހާވެސް ހަލުވި އަދި ފަސޭހަ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދާޏެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކޮށްފައި ކަމަށެވެ.
ތިލަފުށީގައި ގާއިމުކުރާ ބަނދަރަކީ މިހާރުގެ ބަނދަރަށްވުރެ 12 ގުނަ ބޮޑު، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ ބަނދަރެއްކަމަށް އެމްޕީއެލުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު އެ ޕޯޓުގެ ހިދުމަތް ރަސްމީކޮށް ފަށާނެ ކަމަށެވެ.
މުހައްމަދު އިޝާން
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް