އިންޖީނިއަރުންގެ ދުވަސް 2026 ފާހަގަކުރަން ސްޓެލްކޯއިން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ސްޓެލްކޯއިން ބުނީ އިންޖީނިއަރުންގެ ދުވަސް ފާހަގަކުރަން އެ ކުންފުނިން ކަނޑައަޅާފައިވާ ތީމްއަކީ "ސްޓެލްކޯ އިންޖީނިއަރުން" ކަމަށެވެ.

އެ ތީމްގެ ދަށުން އުމުރުން ފަސް އަހަރާއި ސޯޅަ އަހަރާ ދެމެދުގެ ކުދިންނަށް މިމަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ބައިވެރިވެވޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ. މުބާރާތުގައި ބައިވެރިކުރާ ކުރެހުންތައް ހުންނަންވާނީ ސްޓެލްކޯގެ އިންޖީނިއަރުންގެ މަސައްކަތްތައް ދައްކުވައިދޭ ގޮތަކަށްކަމަށް ސްޓެލްކޯއިން ބުންޏެވެ.

އިންޖީނިއަރިން ފީލްޑް ތަކުގެތެރޭގައި އިލެކްޓްރިކް، މެކޭނިކަލް، ސިވިލް، ސޮފްޓްވެއާ، ރިނިއުބަލް އެނާޖީ، ވޯޓާ އެންޑް ސުވަރޭޖް އިންޖިނިއަރިން ހިމެނެއެވެ.

މި މުބާރާތުގައި ދެ ކެޓަގަރީއެއް ހިމެނެއެވެ. އެއީ ފަސް އަހަރައި ދިހަ އަހަރާދެމެދު އަދި އެގާރަ އަހަރާއި ސޯޅަ އަހަރާ ދެމެދެވެ.

މުބާރާތުގައި ކަނޑއަޅާފައިވާ ފައިސާގެ އިނާމުތައް:

  • އެއް ވަނަ 2500 ރުފިޔާ
  • ދެ ވަނަ 1500 ރުފިޔާ
  • ތިން ވަނަ 1000 ރުފިޔާ
  • ހަތަރަކުން ދިހަ ވަނަ އަށް ދާ ކޮންމެ ކުރެހުމަކަށް 500 ރުފިޔާ

މި މުބާރާތުގެ ކުރެހުންތައް ހުށަހެޅުމުގެ ސުންގަޑިއަކި މިމަހުގެ 15 ވާ ހޮނިހިރު ދުވަހުގެ 16:00 އެވެ. މުބާރާތާ ގުޅޭ އިތުރު މައުލޫމާތު 3338239 އިން ލިބޭނެކަމަށް ސްޓެލްކޯއިން ބުންޏެވެ.

މުބާރާތުގެ އެއް ވަނަ ކުރެހުން، އިންޖީނިއަރިން ދުވަސް ފާހަގަކުރަން އެކުންފުނީގެ އޮފިޝަލް ބެކްޑްރޮޕްގައި ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ.