ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް، މއ. އެރަލްސީ، އަހްމަދު މަމްދޫހް އައްޔަން ކުރައްވައިފިއެވެ.
މަމްދޫހު އެ މަގާމަށް އައްޔަންކުރައްވައި މަގާމުގެ ހުވާކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މަގާމުގެ ހުވައިލާދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުއެވެ.
އަދި މަމްދޫހަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މަމްދޫހް ވަނީ ސްރީލަންކާގެ ޔުނިވަސިޓީ އޮފް ކެލަނިޔާއިން ބެޗްލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވައިފައެވެ.
އޭނާ ވަނީ މީގެ ކުރިން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވައިފައެވެ.
މަމްދޫހް އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ބައެއް މަޝްރޫއުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.
އާއިޝަތު މާހާ
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ވަޒީފާއާ ބެހޭ ޓްރައިބިޔުނަލް
ކޮމެންޓް