ތުލުސްދުއަށް ބަދަލުވާން ބޭނުންވާ މ. އަތޮޅު ރަތްމަންދީ މީހުންނަށް ތުލުސްދޫން ބިން ހަމަޖައްސާފައިވާ ކަމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީއެންސީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ނާޒިމު ސުވާލު ކުރެއްވީ، ދިއްގަރު ދާއިރާގައި ހިމެނޭ ރަތްމަންދޫ ރައްޔިތުން ތުލުސްދުއަށް ބަދަލު ކުރުމާ ބެހޭ މަސައްކަތް ސަރުކާރުން ފަށާފައިވާ އިރު، މިހާރު އެ މަސައްކަތް ގޮސްފައި އޮތް ހިސާބަކާއި އެ މަސައްކަތުގެ ޓައިމް ލައިނެއް ހޯއްދެވުމަށެވެ.
ނާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަތްމަންދޫ ރައްޔިތުންނަށް ތުލުސްދޫން ބިން ހަމަޖެއްސި ނަމަވެސް އެތަންތަނުގައި އިމާރާތް ކުރުމުގެ މަސައްކަތް ނުފެށޭ ކަމަށެވެ.
"އެތާ ޖެހިގެން އޮތް ރިސޯޓު ހިންގާ އެމްއޭސީއެލްއިން އެރަށުގައި މަސައްކަތްތަކެއް ކުރަން ބޭނުންވާ ކަމަށް ވިދާޅުވެފައި، ޕްރޮޕޯސަލް ހުށަހަޅާނެ ކަމަށް ވިދާޅުވެފައި އޮތީމަ ސަރުކާރު ޕްރޮޖެކްޓެއް ނުހިންގާ މަޑުކުރަނީ އެމްއޭސީއެލްގެ ޕްރޮޕޯސަލް އަންނަންދެން، އެމްއޭސީއެލް އިން ބޭނުންވަނީ މީހުން ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުނުގެ ހުރިހާ ކަމެއް ކޮށްދޭން،" މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން ޕްރޮޕޯސަލް ލިބުނުހާ އަވަހަކަށް އިމާރާތް ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް