މިޔުޒިކް ޑައިރެކްޓަރު އާރްޑީ ބަރްމަންގެ ހަޔާތުގެ މައްޗަށް ނީރަޖް ޕާންޑޭ ހަދާ ފިލްމެއްގެ ހާއްސަ ރޯލަކުން އަކްޝޭ ކުމާރު ފެންނާނެކަން މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އެންޓަޓެއިންމަންޓް ހަބަރުތައް ގެނެސްދޭ ޕިންކްވިލާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފިލްމުގައި އަކްޝޭ ކުޅޭނީ ކޮން ރޯލެއްކަން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެއީ ފިލްމުގެ ވާހަކައިގައި މުހިންމު ދައުރެއް އަދާކުރާނެ ކެރެކްޓާއެއް ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
މިއީ 2013 ވަނަ އަހަރު ނުކުތް "ސްޕެޝަލް 26" އާއި 2015 ވަނަ އަހަރު ނުކުތް "ބޭބީ" އަށް ފަހު، އަކްޝޭއާއި ޑައިރެކްޓަރު ނީރަޖް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
މި ފިލްމުގައި އާރްޑީ ބަރްމަންގެ ރޯލު ކުޅުމަށް ހަމަޖެހިފައިވަނީ ފަރްހާން އަހްތަރެވެ. ނީރަޖް ޕާންޑޭ ޑައިރެކްޓުކުރާ މި ފިލްމަކީ އޭނާގެ ފްރައިޑޭ ފިލްމްވޯކްސްއާއި ފަރްހާންގެ އެކްސެލް އެންޓަޓެއިންމަންޓް ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެންބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
އަކްޝޭ ކުމާރު
ކޮމެންޓް