މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ތިން އަތޮޅެއްގެ ތިން ރަށަކަށް ގެއްލުން ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް (އެމްޑީއޭ) އިން ބުނެފިއެވެ.
އެމްޑީއޭއިން މިއަދު ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
ގެއްލުން ލިބުނު ރަށްތަކުގެ ތެރެއިން، ރޭގެ ވަގުތެއްގައި އައްޑޫ ސިޓީ ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލައިލުމާއި ބަނބުކެޔޮ ގަހެއް ވެއްޓި ބަދިގެއެއްގެ ފުރާޅަށް ގެއްލުންވުމާ ގުޅިގެން، ޖުމްލަ ދެ ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އެ ހާދިސާތަކާ ގުޅިގެން އެ އޮތޯރިޓީން ދަނީ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ އިރު، ކައުންސިލް މެދުވެރިކޮށް އެ އާއިލާތަކަށް ބޭނުންވާ އިތުރު އެހީތެރިކަން ދެނެގަނެ، އެ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށެވެ.
އޭގެ އިތުރުން، އިއްޔެ ދ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް އުދައެރުމާ ގުޅިގެން، ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އަދި ލ. އިސްދޫގެ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރު ކޮށްފައިވާކަން އެންޑީއެމްއޭއިން ބުންޏެެވެ.
މެޓް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެ އަށެވެ. އެއީ 84.2 މިލިމީޓަރު ވާރޭއެވެ. އަތޮޅުތަކުގެ ރަށްތަކުން ބ. ދަރަވަންދޫ 83.5 މިލިމީޓަރު ވާރޭ ވެހިފައިވާ ކަމަށް ދައްކައެވެ. އޭގެ އިތުރުން އއ. ތޮއްޑޫ 72.3 މިލިމީޓަރު ވާރޭ ވެހުނުއިރު ސ. ހިތަދޫ 70.6 މިލިމީޓަރުގެ ވާރޭ އަދި ހުޅުލެ 69.0 މިލިމީޓަރު ވާރޭ ވހިފައިވެއެެވެ. މާލެ އަށް ވެހިފައިވަނީ - 66.0 މިލިމީޓަރު ވާރޭއެވެ.
ފާތިމަތު ލިއުޝާ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ކޮމެންޓް