މިއަދުން ފެށިގެން ކުރިއަށް އޮތް ހަފުތާ ބަންދު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓު އޮފީހުން މިއަދު ބުނީ ރާއްޖޭގެ ހުރިހާ ހިސާބަތަށް މި ހަފްތާ ބަންދުގައި މޫސުން ގޯސްވެ ވިއްސާރަ ކުރާނެއެވެ.
އަދި މިހާރު ވަނީ ރ އަތޮޅުން ފެށިގެން ވ އަތޮޅަށް މެންދުރު 12:30 އިން ހަވީރު 4 އަށް ވަނީ ރީނދޫ އެލާޓް ވެސް ނެރެފައެވެ. އެގޮތުން ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ކަނޑުއާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުރީ 3–6 ފޫޓު ކަމަށްވެސް ބުންޏެވެ.
މެޓުން ބުނީ މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވެނީ އާދިއްތަ ދުވަހު ކަމަށެވެ.
ކުރިއަށް އޮތް ހަފުތާ ބަންދަކީ މި ނިމުނު ސްކޫލް ޗުއްޓީއަށްފަހު ގިނަ ބަޔަކު އެނބުރި ރަށަށް ދިޔުމަށް ދަތުރު ކުރަން ނިންމާފައިވާ ދުވަސްވަރެވެ. މޫސުމަށް ބަލައިގެން ދަތުުރުކުރުމަށް ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
އާއިޝަތު މާހާ
މޫސުމް
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް